ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލްއަށްކުރާ ދަތުރުތަކާއި އަރުވާ ލަގޭޖްތަކަށް އަގު ނެގޭގޮތަށް ކަނޑައަޅާ ޓެކްސީގެ އަގުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލު ގެނެސް އާއްމުކޮށްފިއެެވެ.

އެގޮތުން ކުރާ ޓެކްސީ ދަތުރުތަކަށް އިތުރު 10 ރުފިޔާ ނެގޭ ގޮތަށާއި، ތިން ލަގެޖަށް ވުރެ އިތުރަށް ޓެކްސީއަކަށް އަރުވާ ނަމަ އިތުރަށް ފައިސާ ނެގޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ވިދާޅުވެއެވެ.

މީގެއިތުރުން މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތަކަށް ބަދަލުގެނެސް، އަގުތައް ކަނޑައަޅައި މިއަދު ވަނީ އާންމުކޮށްފައެވެ.

މިއަދު އާންމުކޮށްފައިވާ އާ އަގުތަކާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދޭން ފެށޭނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

6 ސީޓަށް ވުރެ މަދު އުޅަނދުގައި ދަތުރުކުރެވޭނެ އަގުތަކީ

  1. - މާލެ، ހުޅުމާލެ 1، ހުޅުމާލެ 2ގެ އެތެރޭގެ ދަތުރަކަށް – 30 ރުފިޔާ
  2. - މާލެ އިން ހުޅުމާލެ 1 އަށް – 85 ރުފިޔާ
  3. – މާލެ އިން ހުޅުމާލެ 2 އަށް – 100 ރުފިޔާ
  4. – ހުޅުމާލެ 1 އިން މާލެ އަށް – 85 ރުފިޔާ
  5. – ހުޅުމާލެ 1 އިން ހުޅުމާލެ 2 އަށް – 40 ރުފިޔާ
  6. – ހުޅުމާލެ 2 އިން މާލެ އަށް – 100 ރުފިޔާ
  7. – ހުޅުމާލެ 2 އިން ހުޅުމާލެ 1 އަށް – 40 ރުފިޔާ
  8. – ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 80 ރުފިޔާ
  9. – ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް – 85 ރުފިޔާ
  10. – ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް 80 ރުފިޔާ
  11. – ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލޭ 2 އަށް 85 ރުފިޔާ
  12. – މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް – 70 ރުފިޔާ
  13. – ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް 70 ރުފިޔާ

މީގެއިތުރަށް އެ އެމިނިސްޓްރީން ވިދާޅުވީ ޓެކްސީއަށް އަރުވާ ލަގެޖްގެ ތެރެއިން 3 ލަގެޖް އަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާ ޗާޖު ކުރެވޭނެ ކަމަށެވެ.

އަދި މާލެ ސަރަހައްދުގައި ހަ ފަސެންޖަރުން ނުވަތަ އެއަށްވުރެ ގިނަ ފަސެންޖަރު އަރުވައިގެން ޓެކްސީ ކުރެވޭނެ އަގުތައްވެސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް، ޓެކްސީގެ އަގުތަކަށް މި ބަދަލުތައް މިނިސްޓްރީއިން ގެނެސްފައިވަނީ، އެގޮތުން، އެކި ޓެކްސީއިން އެކި އަގުތައް ދަތުރުތަކަށް ނަގަމުންދާތީ ގިނަ ފަރާތްތަކަކުން ވަނީ އެ ކަންބޮޑުވުން ސޯޝިއަލް މީޑިއާގައި ވެސް ހިއްސާކޮށްފައެވެ.