ޕްރައިވެޓިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންތިޒާމްކޮށްގެން ކުންފުނިތަކުގެ ސެކްރެޓަރީން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޕީސީބީ އާއި މިނިސްޓްރީ އޮފް ފައިނޭންސްގެ ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓްއާ ގުޅިގެންނެވެ. މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ކުންފުނިތަކުގެ ސެކްރެޓަރީންނަށް ސީޖީ ކޯޑާއި އެނުއަލް ރިޕޯޓުގެ ރިކުއަމެންޓްތައް އުނގަންނައިދިނުމެވެ.

މި ޕްރޮގްރާމްގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރޭގައި:

  • ކުންފުނިތަކުގެ ސެކްރެޓަރީންގެ މަސައްކަތާއި މަސްއޫލިއްޔަތުގެ މައްޗަށް އަހުލުވެރިކުރުން
  • ބޯޑުގެ ބައްދަލުވުންތަކުގައި އަމަލުތައް ބަހައްޓަން ޖެހޭ ގޮތް
  • ރިޕޯޓިންގެ ރިކުއަމެންޓްތަކާއި ސުންގަޑިތަކަށް އަހުލުވެރިކުރުން
  • އެނުއަލް ރިޕޯޓުގައި ހިމަނަން ޖެހޭ މައުލޫމާތުތައް
  • އެނުއަލް ޖެނެރަލް މީޓިން ކުރިއަށް ގެންދާނެ ގޮތް

ޕީސީބީއިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 20 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ޕީސީބީގެ އަމާޒަކީ މި ފަދަ އެހެނިހެން ޕްރޮގްރާމްތަކެއް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދިޔުމެވެ.