ތިލަފުށިން ބިން ގަތް މީހުން ކިބައިން ފައިސާ ނަގަން ފަށައިފިއެވެ.

އެޗްޑީސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން އެރަށުން ބިން ގަންނަން އާންމުކޮށްފައިވާ އުސޫލުތަކުގެ ދަށުން ފައިސާ ދައްކަން އަންގާފައިވާ ތާވަލާ އެއްގޮތަށް، "މައިލްސްޓޯން 1" ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މި މަޝްރޫއިން ބިން ގަނެ، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކާއި ގުޅައިގެން "މައިލްސްޓޯން 1"ގެ ފައިސާ ނެގުމުގެ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް އެޗްޑީސީން ނިންމީ މީގެ ދެ ހަފްތާ ކުރިންނެވެ. އެޗްޑީސީއިން އެއިރު ވިދާޅުވިގޮތުގައި ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން އޭގެ އޭރިއާ ބީގައިވާ ނުވިކި ހުރި ބިންތަކެވެ.