މިދިޔަ ހުކުރު ދުވަހު ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ''އޭއޭއޭ-37'' ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ދޯނި ހޯދަން ކަނޑާއި ވައިގެމަގުން މ. އަތޮޅު ރަތްމަންދޫގެ އިރުމަތީ ބިތުގެ 4519 ސްކެއާ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އަދި މި ދޯނި ހޯދުމުގެ އޮޕަރޭޝަންގައި ކޯސްޓުގާޑުގެ އުޅަނދުތަކުގެ އިތުރުން މޯލްޑިވިއަންގެ މަތިންދާ ބޯޓެއްވެސް ބޭނުން ކުރާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މީގެއިތުރުން ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި، މައުލޫމާތު ހިއްސާކުރުމަށްވެސް އެ ފަރާތުން ވަނީ އެދިފައެވެ.

ދިވެއްސަކާއި، ބަންގްލަދޭޝްގެ ތިން މީހުންނާއެކު ހުކުރު ދުވަހު ހެނދުނު 6 ހާއިރު ފުރި މި ދޯނީގެ ހަބަރެއް ނުވެގެން، އެކަމުގެ މައަލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓް ލިބުނީ އެ ދުވަހުގެ 05:20 ހާއިރެވެ.