"ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް" ގެ ނަމުގައި ވޯލްޑް ބޭންކުން ރިޕޯޓެއް ނެރެފިއެވެ.

ވޯލްޑް ބޭންކުގެ މި ރިޕޯޓު ނެރުނީ އިއްޔެ ކުރިއަށް ގެންދިޔަ ހަފްލާއެއްގައެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފައިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގް ވަނީ, މިނިސްޓްރީއާ ގުޅިގެން ވޯލްޑް ބޭންކުގެ ޓީމުން އެ ރިޕޯޓު ނެރުމަށް ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް ޓަކައި އެ ހަފްލާގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި ފައިނޭންސްގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދް ސާއިދު މުސްތަފާ ވެސް ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.