އިޒްރޭލުގެ ސިފައިން ޣައްޒާގެ ހުޅަނގު އައްސޭރިއަށް ހަމަލާދީ 7 މީހަކު ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާޣެ ސިއްހީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި އިޒްރޭލުގެ ސިފައިން ވަނީ ރޭގެ ވަގުތެއްގައި ހުޅަނގު އައްސޭރީގެ ޖެނީންއަށް ހަމަލާދީފައެވެ. އައީޑީއެފްއިން ހަތިޔާރު އެޅިއުޅަނދު ތަކާއި ސިފައިންނާއެއްކޮށް ޖެނީންއަށް ވަދެގަނެ ދިން ހަމަލާގައި ވަނީ 7 މީހަކު ޝަހީދު ކޮށްލާފައެވެ. ޝަހީދުކޮށްލި 7 މީހުންގެ ތެރޭގައި ކިޔަވައިދޭ މުދައްރިސަކާއި ޑޮކްޓަރަކަށް ވަނީ ހަމަލާދީފައެވެ. މީގެއިތުރުން 15 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކަށްވެސް އައިޑީއެފްއިން ވަނީ ހަމަލާދީ ޝަހީދު ކޮށްލާފައެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ރޭ ޖެނީންގައި އައިޑީއެފްއިން ވަނީ ކިރިޔާވެސް ދިރިހުރި އެއްޗެއްނަމަ އެއަށް އަމާޒުކޮށް ހަމަލާދީފައެވެ. މީގެއިތުރުން ހުޅަނގުއައްސޭރީގައި ބޮޑު ހޮސްޕިޓަލެއްކަމަށްވާ ޖެނީންގެ ހޮސްޕިޓަލްވެސް ވަނީ އައިޑީއެފްއިން ވަށާލާފައެވެ. އަދި ޝަހީދުކޮށްލި ޑޮކްޓާރަކީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ހެޑް ސާޖަންއެއް ކަމަށް ވެސް ޣައްޒާއިން މައުލޫމާތުދެއެވެ.