އއ. ތޮއްޑޫގެ ސްޓެލްކޯ މުވައްޒަފުން ކިބައިން ފެނިގެންދިޔައީ ވެރިއެއްގެ ހައިސިއްޔަތުން ވަރަށއ ފަހުރުވެރިވާ އަމަލުތަކެއް ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓާ ހުސްއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އއ. ތޮއްޑޫ ސްޓެލްކޯ މުވައްޒިފުންގެ ފަރާތުން ފެނިގެންދިޔަ ހުޝިޔާރުކަމާ އަދި އޯގާތެރިކަމަކީ ކުންފުނީގެ ވެރިއެއްގެ ހައިސިއްޔަތުން ފަހުރުވެރިވާފަދަ އަމަލުތަކެއް ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވާ ދަތިކަންކަމުގައި އަމިއްލައަށް އިސްނަންގަވާ އެހީތެރިވެދޭ މުވައްޒިފުންނަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
އއ. ތޮއްޑޫގެ މުވައްޒަފުން ވަނީ ވިލާގަނޑެއްގައި ގަދަވި ވަގުތު ހިނގި ދެ ހާދިސާއެއްގައި ވަރަށް ބޮޑުއެހީތެރިކަމެއް އެ ރަށު ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. މިގޮތުން ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް އެ ވިލާގަނޑުގެ ބާރުގައި ގަދަ އޮއިގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް، އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެވަގުތު އެ ސަރަޙައްދުގައި ތިބި ސްޓެލްކޯގެ ހިތްވަރުގަދަ މުވައްޒަފުން ވަނީ ޙަރަކާތްތެރިވެފައެވެ. މީގެއިތުރުން ވިއްސާރައިގެސތެލޗޮ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެރުމާއި ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށްވެސް އެ ކުންފުނީގެ ހީވާގި މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.