އެޗްޑީސީގެ ޗެއާމަންގެ މަގާމުން އަހުމަދު ޒުހޫރު ވަކި ކޮށްފިއެވެ.

މިކަން ހާމަކުރައްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

ޕީސީބީގެ ޕޯސްޓްގައި ބުނެފައިވަނީ ޒުހޫރު އެ މަގާމުންނާއި ކުންފުނީގެ ބޯޑު ޑިރެކްޓަރު ކަމުން ވަކިކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އިތުރު ތަފްސީލެއް އެ ޕޯސްޓުގައި ބުނެފައެއްނުވެއެވެ.

ރޭގެ ވަގުތެއްގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމުން ނޫރައިން އިސްތިއުފާ ދެއްވައިފައެވެ. މިއަދު އެމްއެމްޕީއާރުސީގެ ބޯޑު މެންބަރު ރާފިލް މުހައްމަދު މަގާމުން އިސްތިއުފާ ދެއްވިއެވެ. އަދި އޭގެފަހުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުން ފާތިމަތު ތައުފީގު (ކުޑީ)ވެސް ވަކިކުރިއެވެ.

ސަރުކާރުގެ އިސް މަގާމްތަކަށް މިއަދު ބަދަލު އައިސްފައިވާއިރު، ރައީސް ޑރ. މުއިއްޒުގެ ތާއީދާއެކު، މަޖިލިސް ރައީސްކަމަށް ރައީސްކަމަށް ފޮނަދޫ ދާއިރާއަށް އިންތިހާބުވި އަބުދުއްރަހީމް އަދި ނާއިބުރައީސްކަމަށް އައްޔަން ދިއްގަރުދާއިރާއަށް އިންތިހާބުވި އަހުމަދު ނާޒިމް ވަނީ މިއަދު ހަމަޖައްސާފައެވެ.