އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ރަފާހަށް ދެމުންދާ ހަމަލާތަށް ވަގުތުން ހުއްޓާލުމަށް ކުރި އަމުރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާާޅުވީ އައިސީޖޭއިން ނެރުނު ޙުކުމަށް އިސްރާއީލުން ތަބާވެ، ރަފާގައި ހިނގަމުންދާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އިންސާނީ އެހީތައް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ގޮތަށް ރަފާހު ބޯޑަރު ހުޅުވަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މިއީ ސުލްހައަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، 1967 ގެ ކުރިން އިރުމަތީ ގުދުސްގެ ވެރިރަށް ކަމުގައިވާ އިރުމަތީ ގުދުސްއާ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް މިނިވަން އަދި އިސްތިގުލާލީ ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ގާއިމްވުމަކީ ދާއިމީ ސުލްހައަކަށް އޮތް ހަމައެކަނި ކަަމަށެވެ. .