ށަވިޔަނިން ފެށޭ ލަފުޒުތަކެއް އުފައްދަން އުޅޭ ކަމަށް ބުނެ ފެތުރެނީ ދޮގުވާހަކައެއް ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނަސީރު ވިދާޅުވީ އާމްދަނީ ހޯދަން ދޮގު ފަތުރާ ބުލޮގުތަށް އެބަ ހުރި ކަމަށެވެ. އަދި މިތަން ތަނުގައި ފަތުރާ ދޮގުތަކުގެ ސަބަބުން އޮޅުން އަރާ ކަމަަށެވެ. މިގޮތުން ފާއިތުވި ހަފްތާ ތެރޭގައި ދޮގު ދެ ވާހަކައެއް ފެތުރިފައި ވެއެވެ. މިގޮތުން އައިޖީއެމްއެޗްގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއާއި ގުޅިގެން ކްލިނިކްއެއް ހަދާ ކަަމަށެވެ. އަދި ޝަވިޔަނިން ފެށޭ އައު ލަފުޒުތަކެއް ހަދާ ވާހަކަ ވެސް ފެތުރިފައި ވެއެވެ. ވަޒީރު ވަނީ މި ދެވާހަކަވެސް ދޮގު ކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މިކަހަލަ ދޮގު ވާހަކަތަށް ފަތުރާ ބުލޮގުތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ. މީގެއިތުރުން ވަޒީރު ވިދާޅުވީ އެމަނިކުފާނެ އެއްވެސް އެއްޗެއް ރަސްމީ އުސޫލަކުން އިއުލާނު ކޮށްފިނަމަ އެވާހަކަ އެ ވުޒާރާގެ ވެބުސައިޓުގައި އޮންނާނެ ކަަމަށެވެ.