ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އޭނާގެ 52 ވަނަ އުފަންދުވަސް މުމްބާއީގައި ކުލަގަދަކޮށް ފާހަގަކޮއްފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިން ހިމެނޭ މި ޕާޓީ ބޭއްވި ކަރަންގެ އެކުވެރިން ކަމަށްވާ ތާނިޔާ ދުބާޝް އާއި ކާޖަލް އާނަންދުއެވެ. މި އިވެންޓުގައި އެކްޓަރުން ކަމަށްވާ އަނިލް ކަޕޫރާއި އޭނާގެ އަންހެނުން ސުނީތާާއާ ކާޖޮލް އަދި ޑައިރެކްޓަރު އަދި ކޮރިއޮގްރާފަރު ފަރާ ޚާން ފަދަ ތަރިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ނަތާޝާ އާއި އަދާރް ޕޫނާވާލާ އާއި ޑައިރެކްޓަރު ޝަކުން ބަޓްރާ ފާހަގަކޮށްލެވެއެވެ.

ކަރަންގެ އުފަންދުވަސް ފާހަގަކުރުމުގެ އިތުރުން ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯ ލީޑް ރޯލުން ފެނިގެންދާ ސްޕޯޓްސް ޑްރާމާ "މިސްޓަ އެންޑް މިސިސް މާހީ" މި މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ކަރަން އަންނަނީ ތައްޔާރުވަމުންނެވެ. އަޔޫޝްމަން ކުރާނާ އާއި ސާރާ އަލީ ޚާން ލީޑް ރޯލުން ފެނިގެންދާ އެކްޝަން-ކޮމެޑީއެއް ވެސް އޭނާ ޕްރޮޑިއުސް ކުރަމުން އަންނަ އިރު، މިއީ ގުނީތު މޮންގާގެ ސިކްޔާ އެންޓަޓެއިންމަންޓާ އެކު އޭނާ މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ.