ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިއްކާފައިވާ ބިމުގެ ގޮނޑުދޮށުގެ ކައިރީގައި ހުރި ސަފާރީތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން މިގޮތަށް އަންގާފައި ވަނީ ކޮޅުވެއްޓި ބިން ހިއްކާ ސަރަހައްދަށް ވަނުމުން ސަފާރީތަކަށް މީގެކުރިން ގެއްލުންތަކެއް ލިބި، ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާތީއެވެ. އަދި މުސްތަކުވަލުގައި ހިނގާފާނެކަމަށް ލަފާކުރެވޭތީއެވެ. އެހެންކަމުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ސަފާރީތައް ނެގުމަށް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.

އެޗްޑީސީން މީގެ ކުރިން ބުނެފައި ވަނީ ހިއްކި ބިން ދޫކުރާނީ ބޯހިޔާވަހިކަމާއި ސިނާއީ އަދި މެރީނާގެ ބޭނުމަށް ކަމަށެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ ބިމެއް ދޫކުރުމަށް ވެސް ވަނީ ނިންމާފައެވ