މިއަދު ފެށުނު ދިރާސީ އައު އަހަރުގެ ތަހުނިޔާ ދަރިވަރުންނަށާއި، މުދައްރިސުންނަށް ރައީސުލްޖުމުހޫރިއްޔާ ހުސެން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިހެން ވިދާޅުވެފައިވަނީ ފޭސްބުކުގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ނައިބުރައީސް ވަނީ އައު އަޒުމަކާއެކު އިތުރު ކުރިއެރުން ހާސިލް ކުރުމަށް ދަރިވަރުންނަށް ހިތްވަރުދެއްވައިފައެވެ.

އަދި ސްކޫލާއި، ދިރިއުޅޭ ވެއްޓަކީ ދަރިވަރުންގެ ތައުލީމާއި ތަރުބިއްޔަތާއި ގުޅިފައިވާ މުހިންމު ދެ މާހައުލުކަމަށާއި އެހެންކަމުން ކޮންމެ ދަރިވަރަކީވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު ވިއްސާރަ މޫސުމުގެ ސަބަބުން ފުރަތަމަ ތިން ދުވަހުގެ ކިޔެވުން ކުރުކޮށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ދަރިވަރުންގެ ސުކޫލު ގަޑި ތިން ގަޑިއިރަށް ފައްތަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގައިފައެވެ.