ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރު މިހިސާބަށް އައިއިރު 379 މަޝްރޫޢެއްގެ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ވާޗުއަލްކޮށް ނޫސްވެރިންނާ ބައްދަލު ކުރައްވައި މިއަދު ދެއްކެވި ވާހަކައިގައި އޭނާ ވިދާޅުވީ އެ ޢަދަށަށް މަޝްރޫޢުތައް ނިމި އިތުރު 228 މަޝްރޫޢެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު 229 މަޝްރޫޢެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުން ކަމަށް ވެސް ވިދާޅުވިއެވެ.

މި ހުސްވި ހަފުތާގައި ވެސް ދެ މަޝްރޫޢެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ހަތަރު މަޝްރޫޢެއްގެ މަސައްކަތް ނިންމައި، އިތުރު އަށް މަޝްރޫޢެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.