މަޖީދިއްޔާ ސްކޫލު ކައިރީ ހުރި ޕާކިން ޒޯނުގެ ފާރެއް ވެއްޓި ކާރަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ.
އެ ފާރު ވެއްޓެން ދިމާވި މައިގަނޑު ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް މޫސުން ގޯސްވެ، ވައިގަދަ ވުމުގެ ސަބަބުން ވަރަށް ގިނަ ސަރަހައްދުގައި ގަސް ވެއްޓި ގިން ވެހިކަލް ތަކަކަށް ވަނީ ގެއްލުން ލިބިފައެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މިހާރު އެ ސަރައްހަދު ސާފު ކުރުމުުގެ މަސައްކަތްތަށް ކުރަމުން އަންނަ ކަމަށެވެ.