ސަރުކާރު ހިންގާ ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން އެކަން ހާމަ ކޮށްފައިވަނީ ރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެސްޓީއޯއިން ވިދާޅުވެފައިވަނީ ރެއިން ފެށިގެން އެކުންފުނިން ޑީސަލް ލީޓަރެއް ވިއްކާނީ 13.92 ރުފިޔާއަށް ކަމަށާއި އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 13.98 ރުފިޔާއަށް ކަމަށެވެ.

ކުރިން ޑީސަލް ލީޓަރެއް ވިއްކީ 14.62 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކީ 14.33 ރުފިޔާ އަށެވެ. އެހެންކަމުން އެކުންފުނިން ރޭ ވަނީ ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ކޮށްފައެވެ.

މީގެއިތުރުން ފެޓްރޯލާ ޑީސެލްގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގުހެޔޮ ވެފައިވާތީ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

މިއީ މިއަހަރު އެސްޓީއޯއިން ތެލުގެ އަގުހެޔޮ ކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު އެސްޓީއޯއިން ވަނީ ތިން ފަހަރަކު ތެލުގެ އަގު ހެޔޮކޮށްފައެވެ.