ވެލާ ހިމާޔަތް ކުރުމުގެ ގޮތުން ޕްރޮގްރާމްތަކެއް އަމިއްލަ މޯލްޑިވްސް ރިސޯޓުން ފަށައިފިއެވެ.

އަމިއްލަ މޯލްޑިވްސަ ރިސޯޓުން ކުރިއަށް ގެންދާ ވެލާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމްތަކަކީ މެއި 23 ވަނަ ދުވަހު ފާހަގަކުރާ "ވޯލްޑް ޓާޓްލް ޑޭ" އާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ.

އަމިއްލަ މޯލްޑިވްސް ރިސޯޓުން މި ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ޅ. ނައިފަރުގައި އޮންނަ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އަތޮޅު މެރީން ސެންޓާރ (އޭއެމްސީ) އާ ގުޅިގެންނެވެ. މި ދެ ފަރާތުން ކުރިއަށް ގެންދާ މި ޕްރޮގްރާމްތަކުގެ ސަބަބުން ރިސޯޓަށް ޒިޔާރަތް ކުރާ ގެސްޓުންނަށް ވެލާ ހިމާޔަތް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

"ވޯލްޑް ޓާޓްލް ޑޭ" ފާހަގަކުރުމުގެ ގޮތުން އަމިއްލަ މޯލްޑިވްސްއިން ހިންގާ ހަރަކާތްތަކުގެ ތެރޭގައި:

  • ސްނޯކްލިންގެ ތެރެއިން ވެލާ އާއި ވެލާ ދިރިއުޅޭ ތަންތަން ގެސްޓުންނަށް ދައްކާލުން
  • "ޓާޓްލް ޓޭލްސް" ގެ ނަމުގައި މެރިން ބައޮލޮޖިސްޓުންގެ ވާހަކަދެއްކުންތައް ބޭއްވުން
  • ގެސްޓުންނަށް ވެލާ ގެއަށް ގެންގޮސްގެން ބަލާ ބޮޑު ކުރުމުގެ ފުރުސަތު ދިނުން

އަމިއްލަ މޯލްޑިވްސްއަކީ މީގެ ކުރިން ވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް އެކިއެކި މަސައްކަތްތައް ކޮށްފައިވާ ރިސޯޓެކެވެ. ވެލާ ހިމާޔަތް ކުރުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތުގެ ދަށުން އަމިއްލަ މޯލްޑިވްސް ރިސޯޓުން ފަށާފައިވާ އެންމެ ފަހުގެ މަސައްކަތެވެ.