ޙައްްޖު މޫސުމާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ހިއްލާލައިފިއެވެ.
ޙައްޖުގެ އާދަކާދައާ އެއްގޮތަށް އުރަކޮޅު ހިއްލާލުމަށްފަހު ގެފުޅުގެ ތިރީ ބައި ފޮރުވާލާފައި ވަނީ 2.5 މީޓަރު ފުޅާ އަދި 54 މީޓަރު ދިގު ހުދު ފޮތި ގަނޑަކުންނެވެ.
ޙައްޖުމޫސުމު ޙައްޖުވެރިންގެ ސަބަބުން ގެފުޅުގެ އުރަކޮޅު ހަޑިވުންފަދަ ކަންކަން ކުރިމަތިވާން ފެށުމުން ޙައްްޖު މޫސުމާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ކޮންމެ އަހަރަކު ހިއްލަން ވަނީ ނިންމާފައެވެ.
ކޮންމެ އަހަރަކު މި މަސައްކަތް ކުރަނީ މަރުހަލާތަކަކަށް ބަހާލައިގެން ޚާއްޞަ ތަމްރީން ލިބިފައިވާ 36 މީހުން 10 ކެރޭން ބޭނުންކޮށްގެންނެވެ. ކޮންމެ އަހަރެއްގެ ޙައްޖު މަހުގެ 9 ވަނަ ދުވަހު ގެފުޅުގެ އުރަކޮޅު އައުކުރެއެވެ. ކަޅު ކުލައިގެ އުރަކޮޅު ފަރުމާ ކުރަނީ 670 ކިލޯގެ ސިލްކް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އުރަކޮޅުގައި ޤުރުއާނުގެ އާޔަތްތައް ލިޔުމަށް 120 ކިލޯގެ ރަނާއި 100 ކިލޯގެ ރިހިވެސް ބޭނުންކުރެއެވެ.
ޙައްޖުގެ އަޅުކަމަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ދީނީ އެއްވުމެވެ. މިގޮތުން 2012 ވަނަ އަހަރު ރެކޯޑް 3.16 މިލިއަން މީހުން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރައްވާފައިވެެވެ. މިދިޔަ އަހަރު 1.84 މިލިއަން މީހުން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރައްވާފައިވެެވެ. މި އަހަރު އެ އަދަދަށްވުރެ މީހުން އިތުރުވާނެކަމަށް ބެލެވެއެވެ.
މި އަހަރުގެ ޙައްޖު މޫސުން ފަށާނީ ޖޫން 14 ވަނަ ދުވަހުއެވެ.