ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހިޔާ ގައި ރީއިންޓަގްރޭޝަން ވޯޑެއް ހުޅުވައިފިއެވެ. މި ވޯޑަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގައި ތަރައްގީކޮށްފައިވާ ވޯޑެކެވެ.

އިޖުމަޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ވޯޑު ގާއިމުކުރުމުގެ މަގުސަދަކީ ގުރައިދޫ މަރުކަޒުގައި ތިބޭ މީހުންނަށް ސިއްހީ އަދި ނަފްސާނީ ފަރުވާ އާއި އިޖުތިމާއީ ހުނަރުގެ ޕްރޮގްރާމްތައް ނިންމުމަށްފަހު އާއިލާއާ އަލުން ގުޅުމުގެ ކުރިން ގޭތެރޭގެ ދިރިއުޅުން ދަސްކޮށް ދިނުން ކަމަށެވެ. އަލަށް ހުޅުވި މި ވޯޑަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ، މުޖުތަމައުގެ ތެރެއަށް އަލުން ގުޅެން ތައްޔާރަށް ތިބި އަންހެނުންނަށް ހާއްސަ ވޯޑެކެވެ.

މި ވޯޑު ގާއިމުކުރުމުގެ މައިގަނޑު މަގްސަދަކީ އާންމު އިޖުތިމާއީ ހުނަރާއި ގޭތެރޭގެ ހުނަރުތައް ދަސްކޮށްދިނުމެވެ. މި ވޯޑު ފަރުމާކޮށްފައި ވަނީ ބަދިގެ ހުންނަ ގެއެއްގެ ގޮތުގަ 10 މީހުންނަށެވެ. މީގެ އިތުރުން އަންނަ މަހުގެ ތެރޭގައި 14 ފިރިހެނުންނަށް ހާއްސަކޮށްފައިވާ އެފަދަ އިތުރު ވޯޑެއް ތަރައްގީ ކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެ ވުޒާރާއިން ވިދާޅުވެެވެ.

މީގެ އިތުރުން، އެ ވުޒާރާއިން ބުނީ އަމާޒަކީ، ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށެވެ.