މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲއަށް ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޒް ހުސެއިން މުހައްމަދު ލަތީފް މަރުހަބާ ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިއަދު އެމަނިކުފާޏުގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ވިހި ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް މަރުހަބާ ވިދާޅުވެފައެވެ. މީގެއިތުރުން އެމަނިކުފާޏުވަނީ މަޖިލީހުގެ ނައިބު ރައީސް އާާދަމް ނާޒިމްއަށާއި މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުންނަށް ވެސް މަރުހަބާ ވިދާޅުވެފައެވެ.

މީގެއިތުރުން ނައިބު ރައީސް ވަނީ މި ދައުރަކީ ޚިދުމަތްތެެރި ނަމޫނާ މަޖިލީހަކަށް ވާނެ ކަމާއިމެދު ޝައްކެއް ނުކުރާ ކަމަށް ވިދާޅުވެފައެވެ.