ހުޅުމާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސަސް (އެމްއެންޑީއެފް) އިން މައުލޫމާތު ދީފިއެވެ.
ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ނިންމައިފައި ވަނީ 20:00 ގައި ރިވެލި ބީޗް ކްލަބު އެންޑް ރެސްޓޯރެންޓް ސަރަހައްދުގައެވެ. އެމްއެންޑީއެފުން ވިދާޅުވީ މިރޭ ހަވާ އަރުވާނީ 3 މިނެޓުވަންދެން ކަމަށެވެ. 3 މިނެޓެއްހާއިރަށް ކުރިއަށްގެންދާ މި ހަރަކާތަކީ ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.