ފުވައްމުލަކު ސިޓީން ކޮވިޑް-19 އަށް އިތުރު ހަތަރު މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
މިއާއެކު އެ ސިޓީން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 8 އަށް އަރާފައެވެ.
ކޮވިޑްގެ ދެ ކޭސް އިއްޔެ އެ ސިޓީން ފެނުނު ނަމަވެސް އޭގެ ތެރެެއިން އެކެއްގެ ސާމްޕަލް އަލުން ނަގާ ޓެސްޓް ކުރުމުން ވަނީ ނެގެޓިވްވެފައެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހަކީ ޑުބާއިން އައިސް ފުވައްމުލައް ސިޓީގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓެއް ކަމަށެވެ.
އަދި ޕޮޒިޓިވް ކޭސްއާ ގުޅިގެން އިތުރު ބައެއްގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުން އިތުރު ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ފުވައްމުލަށް އޮތީ މޮނިޓަރިންގައެވެ.