މާލެ ސަރަހައްދުގައި މަދިރި އުފެދޭ ތަންތަނުގައި ފޮގް ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އެކައުންސިލުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަދިރި އާލާވުން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން ރޭ ވިލިމާލެ ފޮގްކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އެ މަލޭ ސިޓީ ކައުންސިލުން ވިދާޅުވީ އަދި ވަރަށް އަވަހަށް މާލެވެސް ފޮގު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ.

މި ސަރަހައްދުތަކުގައި ކައުންސިލްގެ ޕެސްޓު ކޮންޓްރޯލް ޑިޕާޓްމެންޓުންނެވެ.

އެގޮތުން އެ ޑިޕާޓްމަންޓްއިން ފޮގް ކުރަނީ މާލެ އަދި ވިލިމާލޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓުތައް ފަދަ ގިނަގިނައިން ފެން ހަރުލާ މަދިރި އާލާވާފަދަ ސަރަހައްދުތައް ކަމަށާއި އެތަންތަނަށް މަދިރި ބޭސް އަޅަމުންދާ ކަމަށްވެސް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ކަމަށްވާ ޑެންގީ ހުމާއި ޗިކުންގުންޔާގެ ގިނަ އަދަދެއްގެ ކޭސްތަކެއް ފެތުރޭ ދުވަސް ވަރެކެވެ. އެގޮތުން އަދާ ހަމައަށްވެސް ޗިކުންގުންޔާގެ 59 ކޭސްއެއް ރިޕޯޓްކޮށްފައިވާ ކަމަށްވެސް މި ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

އަދި އެ މިނިސްޓްރީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދަނީ އަދި މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކުރަމުންނެވެ.