އިފުރު އައިލެންޑް މޯލްޑިވްސްއިން އައު ސެންޓެއް ތައާރަފު ކޮށްފިއެވެ.

އިފުރު މޯލްޑިވްސް ޕާފިއުމް ލައިނަށް އަލަށް ތައާރަފުކުރި މި ސެންޓަކީ "އެސެންސް އޮން" އާ ގުޅިގެން އުފެއްދި ސެންޓެކެވެ. އިފުރު މޯލްޑިވްސްއިން އުފެއްދި މި ސެންޓަކީ ރާއްޖޭގެ ކަނޑުތަކުގެ ވަސް ތަމްސީލުކޮށްދޭ, ދެ ޖިންސަށް ވެސް ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ "ޔުނިސެކްސް" ސެންޓެކެވެ.

އިފުރު މޯލްޑިވްސްގެ މި އާ ސެންޓަކީ އަލްމަންޑް, ކާށި އަދި އޯކިޑް ފަދަ ގަސްގަހުގެ ބާވަތްތަައް ބޭނުންކޮށްގެން އުފައްދާފައިވާ "ފެހި" ސެންޓެކެވެ. އިފުރު މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ރޮޝެލް ކިލްގަރިފް ހާމަކުރާ ގޮތުގައި މި ސެންޓުގެ ބޭނުމަކީ އެ ރިސޯޓުގެ ޖާދޫވީ ރީތިކަން ސެންޓެއްގެ ގޮތުގައި ގެސްޓުންގެ އަތަށް ފޯރުކޮށްދިނުމެވެ.

އިފުރު އައިލެންޑް މޯލްޑިވްސްއިން އުފެއްދި މި ސެންޓު މިހާރު އެ ރިސޯޓުގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ. އިފުރު މޯލްޑިވްސް ޕާފިއުމް ލައިނަށް އަލަށް ތައާރަފު ކުރި މި ސެންޓުގެ އަގަކީ 50 ޑޮލަރެވެ.