ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކަރަންޓު ބިލްތަކާއި ގުޅިގެން ކަސްޓަމަރުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން އެކުންފުނިން އެދިއްޖެއެވެ.

ސްޓެލްކޯއިން މިހެން ބުނެފައިވަނީ، ގޭބީސީތަކުގެ ކަރަންޓު ބިލު އާދަޔާ ހިލާފަ ބޮޑުވެފައިވާތީ އާންމުން ނުރުުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެ ކުންފުނިން ބުނީ ކަސްޓަމަރުންގެ ޝަކުވާތައް ހުރުމުން އެ ކުންފުނީގެ ކަސްޓަމާ ސާވިސް އެންޑް ބިލްޑިންގެ ނަންބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގުރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

އަދި އީމެއިލް މެދުވެރިކޮށް ނަމަ [email protected] އަށް ފޮނުވޭނެ ކަމަށްވެސް ބުނެފައިވެއެވެ.