މެލޭޝިއާއާއި އެކީ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން ވަނީ މި ކަން ހާމަ ކުރައްވާ އެކްސްގައި ޕޯސްޓެއްކުރައްވާފައެވެ.

އެގޮތުން ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއާގެ ގައުމުތަކުގެ ޑިފެންސް ސަމިޓް، "ޝަންގްރިއްލާ-ޑައިލޮގް" ގެ ހަވާސާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި މެލޭޝިއާގެ ޑިފެންސް މިނިސްޓަރު ދާތޯ ސެރީ މުހައްމަދު ހާާލިދު ބިން ނޯޑިންއާ ބައްދަލު ކުރެއްވިއެވެ.

އެ ޕޯސްޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ ދެ ގައުމުގެ ދެމެދު އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް، ދެ ގައުމުގެ ދިފާއީ ވަޒީރުން މަޝްވަރާ ކުރެއްވިކަމަށެވެ.

ޝަންގްރިއްލާ ޑައިލޮގްއަކީ އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސް (އައިއައިއެސް) އިން އިންތިޒާމު ކޮށްގެން ބާއްވާ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ކުރިއަރަމުން އަންނަ ގައުމުތަކަށް ހާއްސަކޮށް ބާއްވާ ބައްދަލުވުމެކެވެ.