މާގިރި ހޮޓެލްގެ މެހެމާންދާރީ އާއި ސާވިސްގެ ފުރިހަމަކަމަށް ޓަކައި ތިން އެވާޑަކަށް ނޮމިނޭޓް ވެއްޖެއެވެ.

މާގިރި ހޮޓެލް ނޮމިނޭޓްވެފައިވާ އެވާޑުތަކަކީ:

1. ސައުތު އޭޝިއަން ޓްރެވެލް އެވާޑްސް (އެސްއޭޓީއޭ) 2024

  • ލީޑިން އެއާޕޯޓު ހޮޓެލް
  • ލީޑިން ސިޓީ ހޮޓެލް
  • ލީޑިން މީޓިން އެންޑް ކޮންފަރަންސް ހޮޓެލް

2. ވޯލްޑް ކަލިނަރީ އެވާޑްސް 2024

  • އިންޑިއަން އޯޝަންސް ބެސްޓް ރޫފްޓޮޕް ރެސްޓޯރަންޓް 2024

3. ޓްރެވަލް ޓްރޭޑްސް މޯލަޑިވްސް (ޓީޓީއެމް) އެވާޑްސް 2024

  • ބެސްޓް ސިޓީ ހޮޓެލް

މާގިރި ހޮޓެލް ނޮމިނޭޓްވެފައިވާ ތިން އެވާޑަކީ އެ ހޮޓެލްގެ ފުރިހަމަކަށް ހެކިދޭ ތިން އެވާޑެވެ. މި އެ ވޯޑުތަކަކީ އާއްމުންގެ ވޯޓުން ނަތީޖާއަށް ބަލައިގެން ލިބޭ އެވާޑެއް ކަމަށް ވާތީ މާގިރި ހޮޓަލުން ވަނީ ހުރިހާ ފަރާތްތަކަށް ވެސް އެ ހޮޓަލަށް ވޯޓު ދިނުމަށް އެދިފައެވެ.