މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްފީއެލުން ބުނީ މި ޕްރޮގްރާމަކީ އެ ކުންފުންޏާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން މި އަހަރު ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އަދި މި އަހަރު އެޕްރެންޓިސް ޕްރޮގްރާމްގައި ހުޅުވާލާފައިވަނީ ޓަގް އޮޕަރޭޓުންނަށް 8 ޖާގައާއި އޮޓޮމޯޓިވް މެއިންޓަނަންސްއަށް 9 ޖާގަ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްޕީއެލްއިން ބުނީ މި ޕްރޮގްރާމަށް ހޮވޭޭ ފަރާތްތަކަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސްއެއް ލިބޭނެ ކަމަށާއި މި ޕްރޮގްރާމް ކުރިއަށް ގެންދާނީ 6 މަސް ދުވަހުގެ މުއްދަތަށް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަނޑިއަކީ މި މަހު 10 ވާ ދުވަހުގެ 15:30 އެވެ. އަދި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު، އަދި ބައިވެރިވުމަށް އެދޭ ފޯމް އެ ކުންފުނިން ގެޒެޓްކޮށްފައިވާ އިއުލާންގައި ހިމަނާފައި ވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.