އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރަށް މަރުހަބާ މަރުހަބާ ވިދާޅުވެ ތައުރީފުކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރަށްވާ އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފައެވެ.
ރައީސް މައުމޫނުގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރައްވާ ކަމަށެވެ. އަދި އިއްޔެ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގަައި އިސްރާއީލުގެ ޕާސްޕޯޓް ހޯލްޑަރުންނަށް ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމަށް، އެހެން ހުރިހާ ދިވެހި ރައްޔިތުންނެކޭ އެއްފަދައިން، އެމަނިކުފާނުވެސް ތައުރީފް ކުރައްވާ ކަމުގައެވެ.
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމެވީ މިމަހުގެ 2 ވަނަ ދުވަހުއެވެ. މިއީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ގަތުލް އާންމުގެ ސަބަބުން ގައުމަކުން އިޒްރޭލުގެ ޕާސްޕޯޓް މަނާކުރި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެެއެވެ.
އޭ މައުމޫނެވެ. މައުމޫނުގެ ދިގު ތިރީސްއަހަރުގައި މިފަދަ މިކަހަލަ ކަމެއް ނުކުރީ ކިއްވެގެން ހެއްޔެވެ. އޭރުވެސް ތިޔަ ބުނާ ޔަހޫދީން ދިޔައީ ތިޔަ ބުނާކަންކަން ކުރަމުން ނޫންތޯއެވެ.