އަންގްސަނާ ވެލަވަރު ރިސޯޓަށް ޒިޔާރަތްކޮށްގެން ހިލޭ ސީޕްލޭން ދަތުރެއް ލިބުމުގެ ފުރުސަތު ފަހިކޮށްފިއެވެ.

އަންގްސަނާ ވެލަވަރު ރިސޯޓުން ހާމަކުރާ ގޮތުގައި ހިލޭ ސީޕްލޭން ޓްރާންސްފާގެ ފުރުސަތު ލިބެނީ އެ ރިސޯޓުގެ ބީޗު ފްރޮންޓު ޕޫލް ވިލާއެއްގައި 5 ދުވަސް ހޭދަ ކުރުމުންނެވެ.

މި ފުރުސަތު ލިބެނީ އެ ރިސޯޓުގެ އެންމެ މަގްބޫލު ތިން ޕްރޮމޯޝަން ކަމުގައިވާ ސްޓޭ މޯ ޕޭ ލެސް, އެޑްވާންސް ޕާޗޭސް އަދި ބެސްޓް އެވެލެބިލިޓީ ރޭޓްސް ޕްރޮމޯޝަން ތަކުގެ ތެރެއިންނެވެ. މި އޮފާ ކުރިއަށް ދާނެ ސުންގަޑިއެއްގެ ގޮތުގައި އަންގްސަނާ ވެލަވަރުން ކަނޑައަޅާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ.

ދ. އަތޮޅުގައި އޮންނަ އަންގްސަނާ ވެލަވަރު ރިސޯޓަކީ އެ ރިސޯޓުގެ ހިތްގައިމު ގޮނޑުދޮށާއި ވިލުނޫ ކުލައިގެ މޫދުގެ ރީތި ކަމަށް ޓަކައި މަޝްހޫރު ރިސޯޓެކެވެ. އަންގްސަނާ ވެލެވަރު ރިސޯޓުގައި ޖުމްލަ 113 ވިލާއެއް ހިމެނެއެވެ. އެއީ މައި ރަށުގައި 79 ވިލާ އަދި މޫދުގައި 34 ވިލާއެވެ.