ފުލުހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ ދެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

ވައްކަމުގެ ދެ މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ 31 އަހަރުގެ ހއ. މޮޅަދޫ / އާޒާދު އަހްމަދް އަބްދުﷲ އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ ދެ މައްސަލައެއްގައި އަހްމަދް އަބްދުﷲ އެ ސްޓޭޝަނަށް ހާޒިރުކުރުމަށް ބޭނުންވެއެވެ. ނަމަވެސް އަހްމަދް ވަޒަންވެރިވާ ތަނެއް ނޭންގޭތީ ސްޓޭޝަނަށް ހާޒިރުވާން ޗިޓު ރައްދުކުރެވިފައެއް ނުވެއެވެ. އެހެން ކަމުން ފުލުހުން ވަނީ އެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސްޓޭޝަނަށް ހާޒިރުވާން އިއުލާނުކޮށްފައެވެ.

ފުލުހުން ހާމަކުރާ ގޮތުގައި އަހްމަދް ހާޒިރުކުރަން ބޭނުންވަނީ ވައްކަމުގެ ދެ މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރުމަށެވެ. ފުލުހުން ވަނީ 10 ޖޫން ވާ ހޯމަ ދުވަހުގެ ކުރިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަހްމަދަށް އިއުލާނުކޮށްފައެވެ.