މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ ތުހުމަތުގައި ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުން ދާ ދެ މީހުނަކީ އުމުރުން 45 އަހަރުގެ ކ. މާލެ / ދަފްތަރު ނަންބަރު ދރ. 1387 އަލީ ރަޝީދު އަދި އުމުރުން 31 އަހަރުގެ ކ. މާލެ / ހ. އަނަސަމް ލުގުމާން އިސްމާއީލެވެ.

ފުލުހުން ހާމަކުރި ގޮތުގައި ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާ ހީލަތުން ފައިސާ ހޯދިކަމުގެ މައްސަލައެއްގައި ތުހުމަތުކޮށްފައިވާ އަލީ ރަޝީދު އަދި ލުގުމާން އިސްމާއީލް ދިރިއުޅޭ ތަނެއް ނޭނގޭތީ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމަށް އަމަލުކުރާ އިޖުރައާތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އިއުލާނުކޮށްފައެވެ.

ފުލުހުން ވަނީ, އަލީ ރަޝީދު އަދި ލުގުމާން އިސްމާއީލަށް ޖޫން މަހުގެ 10 ގެ ކުރިން, ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އަންގާފައެވެ.