ކ.ތުލުސްދޫގައި ކުރިއަށްދިޔަ ތިމާވެށީގެ ބޮޑު ހަރަކާތުގެ ދަށުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިންކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަދުވެގެން ފަސް ލައްކަ ގަސް އިންދުމަށް އެކުންފުނިން އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯއިން އެކަން ހާމަކުރައްވާފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އާއި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިގް އިބްރާހީމްއެވެ.
މީގެއިތުރުން އިއްޔެ ހެނދުނު ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވައިފައެވެ.
ލޮނުޒިޔާރަތްޕާކުގައި ބޭއްވި މި ރަސްމިއްޔާތުގައި އެމަނިކު އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله އާއި، މާލޭގެ މޭޔަރ އާދަމް އާޒިމާއި، ކެބިނެޓްގެ ވަޒީރުންނާއި، ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިވެންޓުގައި ބާވީސް ބާވަތެއްގެ ގަސް އިންދުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި މޭވާ ގަހާއި ހިޔަނި ގަހާއި ފުޅަނދުގަހާއި އާދަޔާ ހިލާފު ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ ބާވަތްތައް ހިމެނެ އެވެ.
އަހަންނަށް ވަރަށް ބޮޑަށް ފާހަގަ ވޭ، އެހެންމީހުންނާ ހިލާފަށް ސްޓެލްކޯ އެމްޑީގެ މުރާލިކަން، ތި ކުދިން ބުނަނީ ކީކޭތަ އަދި އަޑު އެހިން ވަރަށް ހިންހެޔޮމީހެކޭވެސް