ޖެނިފާ ލޮޕޭޒް އާއި ބެން އެފްލެކްގެ ގުޅުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް އަދިވެސް ކުރިއަށް ދާއިރު އެ ދެ މީހުންގެ 60 މިލިއަން ޑޮލަރުގެ ބެވަލީ ހިލްސް މެންޝަންއާ ބެހޭ ގޮތުން އާ ހޯދުންތަކެއް ފެންމަތިވެއްޖެެއެވެ.
ދާދި ފަހުން ބިމާ ގޯތިތައް ވިއްކާ ވެބްސައިޓުތަކުގައި އެ ތަނުގެ އެތެރޭގެ ފޮޓޯތައް އާންމުވެ، ސަޕޯޓަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
2022 ގައި ދެމީހުން އެ މެންޝަން ގަތް ފަހުން ފޮރުވިފައިވާ ފޮޓޯތައް މިހާރު އަނެއްކާވެސް Zillow.com ފަދަ ޕްލެޓްފޯމްތަކުގަ ފެންނަން އެބަ ހުއްޓެވެ. އެ އިމާރާތް ވިއްކިފައިވާ ކަމަށް ލިސްޓު ކޮށްފައިވީ ނަމަވެސް، މި ފޮޓޯތައް އަލުން ނުކުމެފައިވާ ވަގުތާ ގުޅިގެން ދެމީހުންގެ ވަރިވިކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލޯޕޭޒް ކޯ ޗެއާކުރި މެޓް ގާލާގައި ބެން އެފްލެކް ނުހިމެނުމާއި، އެފްލެކް އެ މީހުންގެ ޝެއާޑް މެންޝަނުން ބްރެންޓްވުޑްގެ ތަނެއް ކުއްޔަށް ހިފުމުން އެ ވާހަކަތައް އިތުރަށް ހޫނުވެގެން ދިޔައެވެ. ޓީއެމްޒެޑުން އޭނާ ބަދަލުވިކަން ރިޕޯޓް ކުރުމުން މީހުންގެ ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ.
ޑެއިލީ މެއިލް އިން ބުނީ މި މަހުގެ އެއްވަނަ ދުވަހާއި ފަސް ވަނަ ދުވަހު އެ މެންޝަންގެ ފޮޓޯތައް އޮންލައިންކޮށް ފެނުނު ކަމަށެވެ. ހަ އޭކަރުގެ ކްލިފްސައިޑް ރިޓްރީޓެއް ހިމެނޭ މި އެސްޓޭޓުގައި 15 ކާރުގެ ގަރާޖާއި ކުޅިވަރުގެ ވަސީލަތްތަކާއި ޖިމަކާއި ބޮކްސިން ރިންގަކާ އެނޫންވެސް އެތައް ވަސީލަތްތައް ހުރެއެވެ. އެ ފޮޓޯތަކާއި ބުމުގެެ ތަފްސީލުތަކުގެ ސަބަބުން ލޮޕޭޒް އާއި އެފްލެކްގެ ގުޅުމުގެ ހާލަތާ ބެހޭ ގޮތުން ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.
ތި ޚަބަރާއި ފޮޓޯތަކާއި ހުރީ ކޮން ގުޅުމެއް. އެމީހުން ވަކި ވުމާއި އަހަރެމެންނާއި އޮތީ ކޮން ގުޅުމެއް. އަހަރެމެންނަށްކީ ކޮންފަދަ ކަމެއްތީ