އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލުކުރުމަށް ބޯހޯލް ޕަންޕު ހަރުކުރުމުގެ މަސައްކަތް ފަށައިފިކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ފެނުގެ މައްސަލަތަކެއް ދިމާވުމުން މި ކަމަށް ދާއިމީ ހައްލެއްގެނައުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބޯހޯ ޕަންޕެއް އެ ސިޓީގައި ހަރުކުރުމަށް ނިންމާފައެވެ. އެ ކުންފުނިން އައްޑޫ ސިޓީގައި ހަރުކުރުމަށް ހޯދި ބޯހޯލް ޕަންޕުވަނީ އެ ސިޓީއަށް މިހާރު ގެންދެވިފައެވެ. އަދި އެ ޕަންޕު ހަރުކުރުމުން އައްޑޫސިޓީގެ ފެނުގެ މައްސަލަތަށް ނިމުމަކަށް އަންނާނެ ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.
މީގެއިތުރުން ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގެ ޑިރެކްޓާރ ހުސެއިން ޒުހުރީ ވިދާޅުވެފައިވަނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނަށް ވީހާވެސް އަގުހެޔޮކޮށް ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދެވޭތޯ ކަމަށެވެ.