2018ވަނަ އަހަރުން ފެށިގެން ހިނގަމުން އައި ޖަޒީރާ ނިއުސް "ޖަވިޔަނި"އަށް ރީބްރޭންޑް ކޮށްފިއެވެ.

ޖަޒީރާ ރީބްރޭންޑްކޮށްދެއްވީ ޖަވިޔަނި ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އާދަމް އަތޫފް އެވެ. ޖަޒީރާ ރީބްރޭންޑް ކުރުމަށް ބޭއްވުނު ހަފްލާގައި ހަފްލާގައި ޖަވިޔަނީގެ ހުރިހާ ނޫސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. މި ހަފްލާގައި މުވައްޒަފުންނާ ވާހަކަ ދައްކަވަމުން ޖަވިޔަނީގެ އެމްޑީ އަތޫފް ވިދާޅުވީ ޖަވިޔަނި ވާންވާނީ ވަކި އަތަކަށް ނުޖެހި ރައްޔިތުންނަށް އެންމެ ތެދު ހަބަރު ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާނެ ނޫހަށްކަށް ކަމަށެވެ.

ޖަވިޔަނި ޕްރައިވެޓް ލިމިޓެޑްގެ ދަށުން 2018 ވަނަ އަހަރު އުފެދުނު ޖަޒީރާ ރީބްރޭންޑްކޮށްފައި މިވަނީ ހަ އަހަރަށް ފަހު އެވެ. ފާއިތުވި ހަ އަހަރުގެ ތެރޭގައި ޖަޒީރާ ނޫހުން ވަނީ ރައްޔިތުންނަށް ތެދު ހަބަރު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.