ފާއިތުވި 24 ގަޑިއިރު ތެރޭގައި ސަޔްހޫނީ އިޒްރޭލުން ޣައްޒާގައި 77 މީހުން ޝަހީދު ކޮށްލައިފި ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

އިޒްރޭލުގެ ޔަހޫދީން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި 77 އަކަށް ވުރެގިނަ މީހުން ފާއިތުވި 24 ގަޑިއިރުތެރޭގައި ޝަހީދު ކޮށްލައިފިއެވެ. ޝަހީދުވި މީހުންގެ އިތުރުން ޣައްޒާގައި 221 މީހުން ވަނީ ޒަހަމް ކޮށްލާފައެވެ. މިގޮތުން ރަފާހުގައި ހުންނަ ކުވެިއިތީ ސްޕެޝަލައިޒްޑް ހޮސްޕިޓަލުގެ ޑިރެކްޓާރ ވިދާޅުވެފައިވަނީ އެ ސަރަހަައްދުގެ މަގުތަށް މަތީގައި މަރުވެފައިވާ މައްޔިތުންގެ ހަށިގަނޑުތަށް އެކިދިމަދިމާލުގައި އެބަހުރި ކަމަށެވެ. އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން މަރުވެފައިވާ މީހުންގެ ހަށިގަނޑުތަށް ނެގުމަށް ސިއްހީ މަސައްކަތްތެރީންނަށް ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ.

މިދިޔަ އޮކްޓޫބަރު 7ގެ ފަހުން މިވީ ހަތްމަސް ދުވަސް ތެރޭގައި އިޒްރޭލުން ވަނީ 36,000އަށް ވުރެގިނަ ފަލަސްތީނުން ޝަހީދު ކޮށްލައިފައެވެ. ޝަހީދުވި މީހުންގެ ތެރެއިން 15،000 ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި އިޒްރޭލުންގެ ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު މިހާރު 81,000 އަށް އަރާފައިވާއިރު 10،000 އަށް ވުރެގިނަ ކުދިން ވަނީ ގޮތްނޭނގި ގެއްލިގެން ގޮސްފައެވެ.