ނިއުކްލިއާ ހަތިޔާރާ ނުލާވެސް ޔޫކްރެއިން ހަނގުރާމަ ކާމިޔާބު ކުރެވޭނެ ކަމަށް ރަޝިޔާގެ ރައީސް ވްލޭޑެމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.
ޕޫޓިން މިފަދައިން ވިދާޅުވީ ސެއިންޓް ޕީޓާސްބާގުގައި ބޭއްވުނު ޕްލެނަރީ ސެޝަންގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުނެވެ. މީގެ ކުރިން ޕޫޓިން ވަނީ އެތަށްފަހަރުތަކެއްގެ މަތިން މި ހަނގުރާމައިގައި ނިއުކްލިއާ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިއްޔެ ބޭއްވުނު ޕްލެނަރީ ސެޝަން ޕޫޓިން ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރާނީ ހަމައެކަނި އެންމެ ހާލަތެއްގައި ކަމަށެވެ. އެއީ މި ހަނގުރާމައިގައި ރަޝިޔާގެ ދައުލަތުގެ މިނިވަންކަމެއް ކުރިމަތިވުން ކަމަށެވެ. އަދި މިފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ޕޫޓިން އަކަށް ނުފެނޭ ކަމަށް ޕޫޓިންއަށް ނުފެނޭ ކަމަށް ޕޫޓިން ވިދާޅުވިއެވެ.