ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ޝަކީލް އިތުރަށް ވިދާޅުވެފައިވަނީ ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

އަދި މި އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން އެހީތެރިންގެ ގޮތުގައި އަންނަ ހައްޖު ކޯޕަރޭޝަންގެ ތިން މުވައްޒަފުން ފިޔަވާ ހުރިހާ ހައްޖުވެރިން މައްކާއަށް އައިސް އުމްރާގެ އަޅުކަން ފުރިހަމަ ކޮށްފައިވާ ކަމަށްވެސް ޝަކީލްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

'' 1445 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތުވަނީ ދެވިފައި. ٱلْحَمْدُ لِلَّٰهِ ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ.
ޝަކީލް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަސް އަހަރުގެ ރިޔާސީ ދައުރުގައި، ހައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުން، ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވައިދެއްވުމަކީ އެމަނިކުފާޏުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުން މިއަހަރު ސަރުކާރުގެ ހަރަދުގައި ފޮނުވުމަށް ނިންމީ ފަންސާސް މީހުންނެވެ.