ފުވައްމުލައް ސިޓީގެ ވެކިއުމް ސްޓޭޝަނަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކައިން މި މައުލޫމާތު ހިއްސާކޮށްފައިވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާގައެވެ. މިގޮތުން ފެނަކައިން ބުނީ މައްސަލަ ޖެހުނީ ވެކިއުމް ސްޓޭޝަން 2އަށް ކަމަށެވެ. މި ވެކިއުމް ސްޓޭޝަނަށް ދިމާވި މައްސަލައާއި ގުޅިގެން ފެނަކައިގެ ސ. ހިތަދޫ ބްރާންޗުގެ ޓެކްނިކަލް ޓީމެއް ފުވައްމުލަކަށް ދަތުރުކޮށް, މައްސަލަ ހޯދައި މައްސަލަ ހައްލުކޮށްފައިވާކަމަށް ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން ވަނީ، މިފަދަ މައްސަލަތައް ދިމާވާ ސަބަބުތައް ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަޤީންކަން ދީފައެވެ.