ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާރ މުއާޒު މުހައްމަދު ރަޝީދު ގއ. ކަނޑުހުޅުދޫ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.

މިއަދު ފެނަކައިގެ އިސްވެރިންނާއި ކަނޑުހުޅުދޫ ކައުންސިލާއި ދެމެދު ބޭއްވުނު މި ބައްދަލުވުމުގައި ފެނަކައިން ދެވޭ ހިދުމަތްތައް ރަނގަޅުކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. މީގެއިތުރުން ފެނަކައިން ވަނީ ރ.އިނގުރައިދޫގެ ކައުންސިލާއި ވެސް ބައްދަލު ކުރައްވާ އެކުންފުނިން ދެމުން ގެންދާ ޙިދުމަތްތަކާއި ގުޅޭގޮތުން ކައުންސިލާ އެކު މަޝްވަރާ ކުރައްވާފައެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 157 ރަށެއްގައި ޚިދުމަތް ދެމުންނެވެ. މިގޮތުން އެ ކުންފުނިން ދަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑުކޮށް ރަށްރަށުގައި އައު އިންޖީނުތައް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.