ބައި އިލެކްޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ފޮށްޓާއި ބެހޭގޮތުން ޝަކުވާ ހުށައެޅުމަށް ފުރުސަތު ހުޅުވައިލައިފިއެވެ.

ދިވެހިރާއްޖޭގެ އިލެކްޝަން ކޮމިޝަނުން މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރި އިއުލާނުގައި އެ އިދާރާއިން މައުލޫމާދު ދެމުން ވިދާޅުވީ ތިން ރަށެއްގައި ބައި އިލެކްޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ފޮށްޓާއި ބެހޭގޮތުން ޝަކުވާ ހުށައެޅުމަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އެއީ ދ. ކުޑަހުވަދޫ، މ. މުލައް އަދި ލ. ގަމުކަމަށެވެ. މި ތިން ރަށުގެ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ މިހާރު އާއްމުކޮށްފައިވާ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ. އަދި މި ތިނެ ރަށުގައި ވޯޓުލާ ފޮށީގެ ރަޖިސްޓްރީއާއި މެދު ޝަކުވާހުށައެޅުމުގެ ފުރުސަތު ވަނީ 2024 ޖޫން 09 ވާ އާދީއްތަ ދުވަހު (މިއަދު)ގެ މެންދުރު ފަހު 03:30 އިން ރޭގަނޑު 08:30 ގެ ނިޔަލަށް ހުޅުވާލާފައެވެ.

މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓުންނާއި، އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުގައި (www.elections.gov.mv) ވަނީ ޢާންމު ކުރެވިފައެވެ. މީގެއިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.