ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލެ ކޯރު ސަރަހައްދު ބަންދު ކުރަން ނިންމައިފިއެވެ.

އެޗްޑީސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި މައުލޫމާތުދެމުން އެ އިދާރާއިން ވިދާޅުވީ ހުޅުމާލެ ޗެނަލް ނުވަތަ ކޯރު ސަރަހައްދު 15 ޖޫން ވާ ހޮނިހިރު ދުވަހު ހެނދުުނު 9:30 އިން 14:00 އަށް ބަންދު ކުރެވޭނެ ކަމަށެވެ. މި މުއްދަތު ތެރޭގައި އެ ސަރަހައްދުގައި ޖެޓްސްކީ ދުއްވުން، ޑިންގީ ދުއްވުން އަދި އެ ސަރަހައްދުގައި މޫދަށް އެރިއުޅުން ވެސް ވަނީ މަނާ ކޮށްފައެވެ.

އެޗްޑީސީއިން ވިދާޅުވީ މި ސަރަހައްދު ބަންދު ކުރަން ނިންމާފައިވަނީ އާއްމުންނާއި އެ ސަރަހައްދުގައި މަސައްކަތްކުރަން އުޅޭ ބޭފުޅުންގެ ސަލާމަތާ ރައްކާތެރިކަަން ޔަގީން ކުރުމަށްޓަކައި ކަމަށެވެ.