ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މީޑިއާ ކައުންސިލުން މިއަދު ގެޒެޓުގައި ޝާއިރު ކުރި އިއުލާނުގައި ވާ ގޮތުން މި އިނާމުތަކަށް ކުރިމަތިލާނީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ތައްޔާރުކޮށް މި އިޢުލާނާއެކު އާންމުކޮށްފައިވާ ގޫގަލް ފޯމް މެދުވެރިކޮށެވެ. އަދި އިނާމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް މި އިއުލާނާއެކު އާންމުކޮށްފައިއެވެ. މީގެއިތުރުން "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" މިހާރުވާނީ ގެޒެޓްކޮށްފައެވެ.

މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 30 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، އިނާމަށް އެދި ހުށަހަޅާ ފޯމު ހުށަހެޅުއްވުން މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ.

އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކާއި ދާއިރާތަކަކީ:

ކެޓަގަރީތައް:

(1) ނޫސްމަޖައްލާ ކެޓަގަރީ

(2) އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ

ދާއިރާތައް:

(1) ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާ

(2) އިޖުތިމާޢީ ދާއިރާ

(3) ސިޔާސީ ދާއިރާ

(4) ޝަރުޢީ އަދި ޤާނޫނީ ދާއިރާ

(5) ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ

(6) ކުޅިވަރުގެ ދާއިރާ

(7) ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ

(8) ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާ

(9) ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ

(10) ފީޗަރ ރިޕޯޓުގެ ދާއިރާ

(11) ތާރީޚާއި ސަގާފަތުގެ ދާއިރާ

(12) މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ

(13) ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާ

(14) އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ

(15) އުންމީދީ ނޫސްވެރިޔާގެ އިނާމު

(16) އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު

(17) އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމު

(18) އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު