ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައަިފިއެވެ.

ފުލުހުން ބުނީ މި އަމުރާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ކ. މާލެ / މ. ލޮނުމިދިލިގެ، ޔުމްނާ އަބްދުއްރައްޒާގު(38އ)އާއި، އަބްދުﷲ ސިމާހު، ތ. ތިމަރަފުށި / މާފޮޅޭގެ (34އ) ކަމަށެވެ.

މި ދެމީހުންގެ ތެރެއިން ޔުމްނާ އަބްދުއްރައްޒާގު ހޯދަމުންދަނީ ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށާއި ބަންދުގައި ބަހައްޓައިގެން މިމަހު 11 ވަނަ ދުވަހުގެ 11:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އަދި ފުލުހުން ބުނިގޮތުގައި އަބްދުﷲ ސިމާހު ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން 11 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މީގެއިތުރުން ފުލުހުން ވަނީ މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެެ.