މިއަދު ހެނދުނު މާލޭއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ހިދުމަތް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށެވެ.

އެގޮތުން މާލެ ސިޓީ، އަމީނީ މަގު، އުޖާލާ ހިނގުން އަދި ހަނދުވަރީ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 09:30 ން 11:30 ށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމެއް ކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް މާފަށް އެދިވަޑައިގަންފައެވެ.