ހުޅުމާލޭ އިންޖީނުގޭގެ 2 ނަންބަރު އިންޖީނުގެ އޯވަރހޯލް މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ ހުސެން ފަހުމީ މިއަދު ބައްލަވާލައްވައިފިއެވެ.

ސްޓެލްކޯއިން މި ކަން ހާމަކުރައްވާފައިވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެ ކުންފުނިން ބުނެފައިވަނީ ހުޅުމާލޭގެ އިންޖީނުގެއަކީ ހުޅުމާލޭގެ އިތުރުން މާލެއާއި، ބޭނުން ޖެހޭ ހާލަތްތަކުގައި ހުޅުލެއަށްވެސް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ އިންޖީނުތަކެއް ކަމަށެވެ.

އަދި ސްޓެލްކޯއިން ބުނީ އެ ކުންފުންޏަކީ އަބަދުވެސް ހިދުމަތް ދިނުމުގައި ދިމާވެދާނެ ހުރަހަކަށް ތައްޔާރުވެތިބުމަށް ޕްރިވެންޓިވް މެޝަރސް ނަގައި، ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި ގާބިލްކަމުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފައި ކުންފުންޏެއް ކަމަށެވެ.

އަދި އިންޖީނުތައް ފަދަ އެސެޓްތަކުގެ މެއިންޓަނެންސް ބަރާބަރަށް ބަލަހައްޓަމުންގެންދާ ކުންފުންޏެއް ކަމަށްވެސް ސްޓެލްކޯގެ ޕޯސްޓްގައި ބުނެފައިވެއެވެ.