ފަލަސްތީނުގެ މައްސަލައިގައި އެމްޑީޕީ ސަރުކާރުން ކުރި އެއްވެސް ކަމެއް ނެތް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި މެންބަރު ޝުޖާއު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މިދިޔަ ސަރުކާރުން އދގެ މަޖިލީހުގައި ބައިވެރިވެފައި ވާއިރު އެމަޖިލީހުގައި ފަލަސްތީނުގެ ހައްގުގައި ވެސް ކުރެއްވި އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި މިއަދު މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ މެންބަރުން މިވާޙަކަ ނުދައްކަވާ ހުންނަނީ ވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވީހާވެސް އަވަހަށް ފިޔަވަޅުއެޅުމަށް ކަމަށެވެ. އަދި އެމްޑީޕީއިން ހުރިހާ މެންބަރު ވާހަކަ ދައްކައިގެން މިކަން ލަސް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން މެންބަރު ވަނީ މި ސަރުކާރުގައި އިޒްރޭލުގެ ފްލައިޓުތަށް ދިވެހިރާއްޖޭގައި ޖައްސާފައި ނުވާނެ ކަމަށެވެ. އަދި މި ސަރުކާރުން އިޒްރޭލުގެ ޔަހޫދީންނާއި ގުޅުން ގާއިމުކޮށް އެމީހުންއަތުން ފައިސާ ނަގާފައި ނުވާނެ ކަމަށެވެ.
މީގެއިތުރުން މެންބަރު ވިދާޅުވީ މިއަދު އދގެ ބައިނަލްއަގްވާމީ މަޖިލީސްތަކުގައި ދިވެހި ސަރުކާރުން ފަލަސްތީނުގެ ހައްގުގައި އަށޑު އުފުލަމުންދާ ތަން ފެންނާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ޕީއެންސީ ސަރުކާރުގެ ބަހާއި އަމަލާ ދިމާވާތަން ވެސް ފެންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"