ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ހދ. އަތޮޅު ކައުންސިލްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ފެނަކައިގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ކައުންސިލާ ގުޅިގެން ދެވޭ ޚިދުމަތްތައް ރަނގަޅު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވާފައިވެއެވެ. މީގެއިތުރުން ފެނަކައިން ވަނީ ގއ.ކަނޑުހުޅުދޫ ކައުންސިލާއި ވެސް ބައްދަލު ކުރައްވާ އެކުންފުނިން ދެމުން ގެންދާ ޙިދުމަތްތަކާއި ގުޅޭގޮތުން ކައުންސިލާ އެކު މަޝްވަރާ ކުރައްވާފައެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 157 ރަށެއްގައި ޚިދުމަތް ދެމުންނެވެ. މިގޮތުން އެ ކުންފުނިން ދަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ރަށްރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑުކޮށް ރަށްރަށުގައި އައު އިންޖީނުތައް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.