ސަން ސިޔާމް ރިސޯޓުގެ ޑިރެކްޓާ އޮފް މާކެޓިންއަށް ސާރާ ސިޔާމް ހަމަޖައްސައިފިއެވެ.

ސަން ސިޔާމް ރިސޯޓުން އިއުލާނު ކުރި ގޮތުގައި މެއި މަހުގެ 1 ވަނަ ދުވަހު ސާރާ ވަނީ އެ ރިސޯޓުތަކުގެ ޑިރެކްޓާ އޮފް މާކެޓިންގެ މަގާމަށް އައްޔަނު ކޮށްފައެވެ. ސާރާ މީގެ ކުރިން އެ ރިސޯޓުގައި މަސައްކަތް ކުރީ ކްރިއޭޓިވް ޑިރެކްޓާގެ ގޮތުގައެވެ.

ސާރާ އެންމެ ފުރަތަމަ ސަން ސިޔާމް ރިސޯޓާ ގުޅުނީ 2017 ވަނަ އަހަރު ޕަބްލިކް ރިލޭޝަންސް އެގްޒެކަޓިވްއެއްގެ ގޮތުގައެވެ. އޭގެ ފަހުން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ވަނީ ސަން ސިޔާމް ވޯލްޑް މޯލްޑިވްސްގައި ފަބްލިކް ރިލޭޝަންސް އެންޑް މާކެޓިން މެނޭޖަރުގެ މަގާމު އަދާކޮށްފައެވެ.

ޑިރެކްޓާ އޮފް މާކެޓިންގެ މަގާމަށް އައްޔަނުކުރެވުމާ ގުޅިގެން ސާރާ ބުނީ, އޭނާގެ އަމާޒަކީ ސަން ސިޔާމް ރިސޯޓު ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދުން ކަމުގައެވެ. ސަން ސިޔާމް ރިސޯޓަކީ އެ ދާއިރާގައި އާ އުސްމިންތަކެއް ބިނާކުރާނެ ރިސޯޓަކަށް ހެދުމަކީ އޭނާގެ އުއްމީދެއް ކަމަށް ސާރާ ވަނީ ހާމަކޮށްފައެވެ.

ސާރާ ސިޔާމްއަކީ އިންޓަނޭޝަނަލް ޓުއަރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ދާއިރާއިން ސިންގަޕޯގެ ޖޭމްސް ކުކް ޔުނިވާސިޓީއިން މާސްޓާސް ހާސިލުކޮށްފައިވާ ފަރާތެކެވެ. ސަން ސިޔާމް ރިސޯޓުގެ ޑިރެކްޓާ އޮފް މާކެޓިންއަށް ޕްރޮމޯޓުވުމާއެކު ދެން އޭނާ މަސައްކަތް ކުރާނީ ސަން ސިޔާމް ރިސޯޓުގެ ބްރޭންޑު އިތުރަށް މަޝްހޫރުކޮށް, ރިސޯޓުގެ ރެވެނިއު އިތުރަށް ވަރުގަދަ ކުރުމުހެ މަސައްކަތްތަކެވެ.